
ހުސައިން ވަހީދު ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެމެމްބަރު ހުސައިން ވަހީދު އަވަހާރަވުމުގެ ޚަބަރާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓްވިޓާގައި ވިދާޅުވިގޮތުގައި ހުސައިން ވަހީދަކީ 17 ވަނަ މަޖިލީހާއި19 ވަނަ މަޖިލީހުގައި ގިނަަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޓްވީޓެއްގައި ހުސައިން ވަހީދު ސިފަކުރެއްވީ "ގައުމާއި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އެކުވެރި އަދި ހިތްހެޔޮ" ބޭފުޅެއްގެ ގޮތުގަ އެވެ.