ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު ފަސްދާނުލައިފި
މަރިޔަމް އަނާ
14 ޑިސެމްބަރ 2021 - 14:04
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދު ފަސްދާނުލައިފިއެވެ.
ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ 1:25 ހާއިރު ކަމަށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ހުސައިން ވަހީދު އަވަހާރަވިއިރު އުމުރުފުޅުން 53 އަހަރެވެ. އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.
މެމްބަރު ވަހީދުގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލަމީ މަރުކަޒުގައެވެ.
ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެ ދައުރު މަސައްކަތް ކުރެއްވި ހުސައިން އަކީ ގިނަ ބަޔަކު ސިފަކުރަމުން އަންނަ ގޮތުގައި އަޑުއައްސަވާ، އޯގާތެރި ބޭފުޅެކެވެ. ޑިމޮކްރަސީ ކުރިއަރުވައި ރައްޔިތުންނަށްޓަކައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ވެސް ފާހަގަކުރެ އެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ފާހަގަކޮށްލެވެނީ ހިތްހެޔޮ، އެންމެންނާ ގުޅޭ މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުން އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހުސެއިން އަކީ މަޝްހޫރު ވިޔަފާރިވެރިއެއް ވެސް މެ އެވެ. އެގޮތުން ޓިމްބާ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓުގައި އޭނާގެ ހިއްސާ އޮވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ރިޔާސީ ބަޔާން އިއްވާ ދުވަހު އެމްޑީޕީން މަޖިލިސް ގޭދޮށަށް އެއްވަނީ
10 ދުވަސް ކުރިން
0
އެމްޑީޕީގެ ފުދިއްޖެ، ފުނޑިއްޖެ ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި
16 ދުވަސް ކުރިން
0
އެމްޑީޕީގެ ހަރުގެ އަތުލި މައްސަލާގައި ކުރި ދައުވާ އަނބުރާ ގެނެސްފި
16 ދުވަސް ކުރިން
0
އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އައިސީސީއާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
10 ގަޑިއިރު ކުރިން
0
އިމަޖެންސީގައި ދިޔަ އެމްބިއުލާންސެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓު
10 ގަޑިއިރު ކުރިން
0
މަކުނުދޫ އެއާޕޯޓުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނެތުމުން ހިތްހަމަނުޖެހިއްޖެ
11 ގަޑިއިރު ކުރިން
0
އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ: ފަސްޓްލޭޑީ
17 ގަޑިއިރު ކުރިން
0