ޚަބަރު
ފެމިލީ ކޯޓުގެ އިސް ގާޒީ ރިޓަޔާކުރައްވައިފި
ގާޒީ އަބްދުﷲ އަދީބު: އޭނާ ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައި -
ފެމިލީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަދީބު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ އަދީބު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެން ކަމަށެވެ. ގާޒީ އަދީބަކީި ޝަރުއީ ދާއިރާގައި 24 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ފެމިލީ ކޯޓަށް ވަޑައިގަތުމުގެ ކުރިން ގާޒީ އަދީބް ހުންނެވީ ސިވިލް ކޯޓުގަ އެވެ. އޭނާގެ 2013 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ އަމިއްލައަށް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުކަމުން ރިޓަޔާވާ ބޭފުޅުންނަށް އެ ބޭފުޅުން ހިދުމަތް ކުރެއްވި މުއްދަތަށް ރިއާޔަތްކޮށް، އިނާޔަތް ލިބޭނެ އެވެ.

ގާޒީ އަދީބް ރިޓަޔާކުރެއްވުމާ ގުޅިގެން ފެމިލީ ކޯޓުގައި މިވަގުތު ތިއްބެވީ އަށް ފަނޑިޔާރުންނެވެ. އެއީ ދެ އަންހެން ފަނޑިޔާރުންނާއި ފަސް ފިރިހެން ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު