ރައީސުލްޖުމްހުރިއްޔާ ގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެ: ޑރ. ޝަހީދު
އިސްމާއިލް ރިޒާ
23 އޭޕްރީލް 2022 - 16:46
0 comments
ޑރ. އަހްމަދު ޝަހީދު -- ފޮޓޯ/ އދ
ރައީސުލްޖުމުހުރިއްޔާ ގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށް ވިދާޅުވެ އދގެ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައެޅުމުން ރައީސް ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ.އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.އެ މައްސަލާގައި ކުރީގެ ފޮރިން މިނިސްޓަރު ޝަހީދު މިއަދު ކުރެއްވި ކުރެއްވި ސިލްސިލާ ޓްވިޓުތަކެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ދެއްކުން ހުއްޓުވުން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް ސްޓޭޓް އޮފް އެމެޖަންސީ ޑިކްލެއާ ނުކޮށް ހަމައެކަނި ރައިސުލްޖުމުހުރިއްޔާ ގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށެވެ.ޑރ. ޝަހީދު ވިދާޅުވިގޮތުގައި މިގޮތަށް ރާއްޖެއިން ވަނީ 2006 ވަނަ އަހަރުގައި އައިސީސީޕީއާރްގެ ދަށުން އެއްބަސްވެފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހައްގެއް ހަނިކުރެވޭނީ ތިން ޝަރުތެއް ފުރިހަމަކޮށްފައިކަމަށްވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.ޑރ. ޝަހީދު ވިދާޅުވީ ފުރަތަމަ ޝަރުތަކީ ލީގަލިޓީކަމަށާއި ދެއްކުން މަނާ ވާހަކައެއް ނަމަ އެއީ މަނާ ވާހަކައެއްކަން ސާފުކޮށް އެނގޭ ގޮތަށް ލިޔެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި އޮންނަން ވާނެކަމަށާއި ރައީސުލްޖުމުހުރިއްޔާގެ ގަރާރެއް މި ޝަރުތުގެ ދަށުން ފާސް ނުވާނެކަމަށެވެ.ދެވަނަ ޝަރުތަކީ ޓެސްޓަކީ ލެޖިޓިމެސީކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ ދެއްކުން މަނާ ވާހަކައެއް ކަމަށް ނިންމަނީ އައިސީސީޕީއާރް 19(3) އިން ހުއްދަ ދޭ މަސްލަހަތެއް ހިމާޔަތް ކުރަންކަން ކަށަވަރު ކުރަން ޖެހޭނެކަމަށާއި ނޭޝަނަލް ސެކިއުރިޓީ ހިފެހެއްޓުމަކީ ހުއްދަ ކަމަކަސްވާތީ މި ޓެސްޓް އެގޮތަށް ފާސްވެދާނެކަމަށެވެ.ނަމަވެސް ތިންވަނަ ޓެސްޓަކީ "ނެސެސިޓީ އިން އަ ޑިމޮކްރެޓިކް ސޮސައިޓީ"ކަމަށްވާތީ ފުރަތަމަ ދެ ޓެސްޓުން ފާސް ވިޔަސް ހަނި ކުރެވޭނީ އެ މަސްލަހަތު ރައްކާތެރިކުރަން ކޮންމެހެން ހަނި ކުރަން ޖެހޭ ހާލަތެއްގައި، އަދި އެންމެ ކުޑަ މިންވަރެއްގެ ހުރަހަކުންކަމަށްވާތީ އިންޑިއާ އާއެކު އޮންނަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތް ގޮތް ހުރިހާ ހިނދަކު އިންޑިއާ އައުޓް ގޮވުން މަނާކުރުމަކީ ތިން ވަނަ ޓެސްޓުން ފަސް ވާނެކަމެއް ނޫންކަމަށްވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.ޑރ. ޝަހީދު ވިދާޅުވީ ޚާރިޖިއްޔާއިން ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީން ކުރާ ބޭއިންސާފެއްކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށެވެ.އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސައްހަކަމާ ބެހޭ ގޮތުން ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ.އިދިކޮޅު ފަރާތްތަކުން ވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ބުނެފައި ވަނީ ރައީސް ނެރުއްވި ގަރާރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށެވެ. އެ ގަރާރު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ވަނީ ނިންމައިފަ އެވެ.ރައީސް ނެރުއްވި ގަރާރަށް ރައްދު ދެއްވައި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ނަސްލީ ތަފާތު ކުރުން ހުއްޓުވަނީ ކަމަށް އެ ގަރާރުގައި ބުނެފައި އޮތަސް، ނަސްލީ ތަފާތު ކުރުން ފެތުރެމުން ދަނީ އިންޑިއާގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހުރިހާ ކަމެއް ކުރަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ."އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނާ ދެކޮޅަށް ނެރުނު ގަރާރެއް،" އަދުރޭ ވިދާޅުވި އެވެ.އިތުރަށް ކިޔާލަން:ރައީސްގެ ގަރާރު ހިފައިގެން އިދިކޮޅު ފަރާތްތަކުން ކޯޓަށްރައީސްގެ ޤަރާރަކީ ޤާނޫނީގޮތުން ތަންފީޒު ކުރެވޭނެ ޤަރާރެއް ނޫން: ކުރީގެ އުއްތަމަފަނޑިޔާރުރައީސްގެ ގަރާރަކުން ހިޔާލުފާޅުކުރުން ނުހުއްޓުވޭނެ: އަލީ
ކިޔުންތެރިންގެ ޝުއޫރު