ޚަބަރު
ހިރިލަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
ފޮޓޯ: އެމްޓީސީސީ
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ އެރަށުގައި ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒާއި ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 1،080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ނޮވެމްބަރު 10، 2020 ގައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 105 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު