ޚަބަރު
ހުރިހާ ރަށެއްގެ މަންދޫބުންގެ އަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކޮށްފި
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރަން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިހާރު ކުރިއަށްދާ ހާއްސަ ހަފްލާގައި ރަމްޒީ ރިޔާސީ ޓިކެޓެއް އަރުވައިފި އެވެ.

"ހަވާލޭ ވަތަން"ގެ ނަމުގައި މިޖަލްސާ ކުރިއަށްދާއިރު މުޅި އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ކުލަބޮތްކާ ފިޔާތޮށި ފޮތިން ޒީނަތްތެރި ކޮށްފައިވާ މިޖަލްސާގައި ބައިވެރިވުމަށް އަތޮޅުތެރެއިން ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ވަނީ އިއްޔެއާއި މިއަދު މާލެއަަށް އައިސްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

ޔާމީނަށް ސެނެޓުން ރިޔާސީ ޓިކެޓު ދިނުމަށް ނިންމުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލު ކުރައްވައި، "ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް" ވިދާޅުވެފަ އެވެ.

ރައީސް ޔާމީނާ އިދިކޮޅުގެ ރިޔާސީ ޓިކެޓު މިރޭ ހަވާލު ކުރި ނަމަވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެކަން ޔަގީނެއް ނޫނެވެ. އެއީ ވެރިކަމުގައި ހުންނެވިއިރު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަންތަކުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޯޓުގައި ކުރާ ދައުވާތަކެއް ކުރިއަށްދާތީ އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭ ނަމަ، އެމަނިކުފާނަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތިވާނީ، މިހާރު ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ. އެންމެފަހުން، 2018 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޔާމީނަށް ދެވަނަ ދައުރެއް ނާކާމިޔާބުވީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު