ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރަން ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސް ބާލަނީ--
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މި މަސައްކަތް ކުރަމުން އަންނަ ކުންފުނި އެމްޓީސީސީ އިން ބުނީ ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. 

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. 

365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 39.9 މިލިއަން ރުފިޔާއެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު