ޚަބަރު
އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި
ހއ. އުލިގަމުގައި އިމިގްރޭޝަން އޮފީހެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އެވެ.

އުލިގަމުގައި އިމިގްރޭޝަން އޮފީސް އަޅަން އެމްޓީސީސީއާ ހަވާލު ކުރި އަގެއް އަދި މަސައްކަތް ނިންމައި ހަވާލު ކުރަންޖެހޭ ތާރީހެއް އަދި ސާފެއް ނުވެ އެވެ.

އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތައް ބަނދަރު ކުރާ ރަށެކެވެ. މިހާރު އުލިގަމުގައި އިމިގްރޭޝަންގެ ހިދުމަތް ދެނީ އެ އޮފިސަރުން ތިބެގެން، ހަމައެކަނި ސީޕޯޓުގެ ހިދުމަތެވެ. ނަމަވެސް އާ އިމާރާތް ގާއިމުކުރެވުމާ އެކު ޕާސްޕޯޓާއި ވިސާ ފަދަ، އިމިގްރޭޝަންގެ އެހެނިހެން ހިދުމަތްތައް ލުއިފަސޭހަކަމާ އެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު