ވިޔަފާރި
މަންތާ އެއާގެ ދަތުރުތައް ރާއްޖޭން ބޭރަށް
މަންތާ އެއަރއިން ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަންތާގެ ސީއީއޯ މުހައްމަދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ދަތުރުތައް ފަށާނީ އަވައްޓެރި އިންޑިއާ އަށް ކަމަށެވެ. އެ އެއާލައިނުން ބުނި ގޮތުގައި އިންޑިއާ އަށް ދަތުރުތައް ފެށުމަށްޓަކައި އެކަމުގެ ހުއްދަ އަށް އެދި އެ ގައުމުގެ ސިވިލް އޭވިއޭޝަނަށް ހުށަހަޅާފައިވާ އިރު އެ ހުއްދަ ލިބުނުހާ އަވަހަކަށް އިންޑިއާ އަށް މަންތާ އުދުހެން ފަށާނެ އެވެ. 

އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ އެހެން މަންޒިލްތަކަށްވެސް މަންޓާ އެއަރގެ ދަތުރުތައް ފެށުމަށް އެ އެއަރލައިންއިން ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ އިތުރުން ލަންކާއަށްވެސް ދަތުރުކުރުމުގެ ލައިސަންސް މަންޓާ އެއަރއަށް ވަނީ ލިބިފައެވެ. މަންތާ އެއަރގެ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާއިރު ކެޕޭސިޓީ ބިލްޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށް މަންޓާއިން ބުނެއެވެ.

މަންތާއިން މިވަގުތު ޑޮމެސްޓިކް ދަތުރުތަކަށް އޭޓީއާރުގެ 3 އެއަރކްރާފްޓާއި ބީޗް ކްރާފްޓްގެ ބޯޓެއް އަންނަނީ ބޭނުންކުރަމުންނެވެ. އަދި ސީޕްލޭން 11 އެއަރކްރާފްޓް އަންނަނީ ބޭނުންކުރަމުންނެވެ.

މަންތާ އެއަރއިން ބުނީ މިއަހަރު ނިމުމުގެ ކުރިން ސީޕްލޭންގެ އަދަދު 15 އެއަރކްރާފްޓަށް ބަދަލުވެގެންދާނެކަމަށެވެ. 

މަންތާ އިން މި ވަގުތު ދަތުރުތައް ބާއްވަނީ ދ. ކުޑަހުވަދު އާއި ބ. ދަރަވަންދު އާއި އައްޑޫގެ އިތުރުން ހއ. ހޯރަފުއްޓަށެވެ. މި މި ސަރަހައްދުތަކުގެ ތެރެއިން ހޯރަޕައްޓަށް ބާއްވަމުން އަންނަނީ ޗާޓަރު ދަތުރުތަކެވެ.

މަންތާއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށާއިރު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވެސް އިންޑިއާއަށް ދަތުރުތައް ބާއްވައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު