
މީގެ ހަތަރު ވަރަކަށް މަސް ކުރިން ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފަ އެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.ރައްޔިތުންގެ މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނިގޮތުގައި އެހީ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ މޫސުމީ ބަދަލުތަކުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި 'ސްރީ ލަންކާ މިޝަން'ގެ ބައްދަލުވުމަކަށް ފުރާ ވަޑައިގެންފައިވާ ކަމަށެވެ.ލަންކާގައި ކާބޯތަކެތީގެ ދަތިކަމާއި ބޭހާއި ތެލުގެ ތާށިކަން ދިމާވެފައިވާތާ މަސްތަކެއް ވެއްޖެ އެވެ. އަދި ބޭރު ފައިސާއަށް ޖެހި މުހިންމު ބައެއް ތަކެތި އިމްޕޯޓް ކުރުމަށް ވަނީ ހުރަސްއެޅިފަ އެވެ.އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމަށް އެެދިވަޑައިގެންފަ އެވެ. ހާލަތު ރަނގަޅު ވުމުގެ ކުރިން އިތުރަށް ގޯސްވާނެ ކަމަށާއި ނަމަވެސް، ވީހާވެސް އަވަހަށް ރައްޔިތުންނަށް ތިން އިރު ކެއުން ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.ރައީސް ނަޝީދަކީ ލަންކާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅުގެ ގިނަ އިސްވެރިން ހަރަކާތްތެރިވީ ވެސް ލަންކާގަ އެވެ.