
އަލީ ހުސެއިން މިހެން ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.އަލީ ވިދާޅުވީ މިއީ ވަށާ ޖެހޭ ދަރަނީގެ ދުނިޔެ ކަމަށާއި ދަރަނި ދައްކަން ވެސް ނަގަނީ ދަރަނި ކަމަށެވެ. އަދި އެ ދެރަނި ދައްކަން ޓީ ބީލް އަދި ޓީ ބިލަށް ފައިސާ ދައްކަން އަނެއްކާވެސް ނަގަނީ ދަރަނި ކަމަށް އަލީ ވިދާޅުވި އެވެ."ވަށާ ޖެހޭ ދަރަނީގެ ދުނިޔެ. ދަރަނި ދައްކަން ދަރަނި. އެ ދަރަނި ދައްކަން ޓީ ބިލް. ޓީ ބިލަށް ފައިސާ ދައްކަން ދަރަނި. ރަހުނު ކޮށްފައި އޮތީ ދިވެހި ރާއްޖޭގެ މިނިވަންކަން" އަލީ ވިދާޅުވި އެވެ.