ޚަބަރު
މަތި އުތުރު ދާއިރާގެ ރައީސްކަމަށް އަކްރަމް
އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސް، ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރައީސް ކަމަށް މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަކްރަމް ކަމާލުއްދީން އިންތިހާބު ވެއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި އިންތިހާބު އަކްރަމް ކާމިޔާބު ކުރީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލާއި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އާ ވާދަކޮށެވެ.

އަކްރަމަށް 2988 ވޯޓު ލިބުނުއިރު އާދިލަށް 850 ވޯޓު އަދި ޓިންޓިންއަށް ލިބުނީ 291 ވޯޓެވެ.

އިންތިހާބުގެ ކެމްޕެއިންގައި އަކްރަމް ވަނީ ރަށްތަކަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ވަރުގަދަ ކެމްޕެއިނެއް ކުރައްްވާފައެވެ. ނަމަވެސް ދެން ތިބި ކެންޑިޑޭޓުންގެ ފަރާތުން އެފަދަ ކަމެއް ނުފެނެއެވެ.

މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލާފައިވަނީކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. 

އަކްރަމް މީގެކުރިން ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް ވާދަކޮށްފަ އެވެ. ނަމަވެސް އެފަހަރު އަކްރަމްގެ މައްޗަށް ކުރި ހޯއްދެވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު