
ޖުޑީޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ބުނީ، އެ ގްރޫޕަށް އެ މެސެޖުތައް ފޮނުއްވީ، ގާޒީ ނައީމް ކަމަށް އޭނާ އެއްބަސް ވެފައިވާ ކަމަށާއި، އެ މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރީންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާ ކަމަށެވެ.ގާޒީ ނައީމުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ޑްރަގް ކޯޓުގެ ގާޒީ ނައީމަށް ނަސޭހަތްދިނުމަށް ފެންނަ ކަމަށް އިއްޔެ ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.