
މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން، އެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ މައްޗަށް ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން، އެ ދެ ބޭފުޅުން ރިޔާސަތުގައި އިންނެވުމަށް ވަގުތީ ގޮތުން އުޒުރުވެރިވެވަޑައިގެން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ (ބ)ގެ ދަށުން ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ނިޔުޝާ ވަނީ ހަސަން އަފީފަށް ދައުވަތު ދެއްވާފަ އެވެ.މިއަދުގެ މަޖިލިސް ފެށީ އިއްޔެ އަވަހަރާވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖަމީލުގެ ހަނދާނުގައި ގެނައި ސުލޫތަކުން ނެވެ.ސުކޫތައް ފަހު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީހުގައި އަޑުގަދަ ކުރައްވާފަ އެވެ.