
އަމްރު މިފަދައިން ވިދާޅުވީ ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެށް މިއަދަށް ތާވަލުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.އަމްރު ވިދާޅުވީ މިސަރުކާރުން ރައީސް ޔާމީން ޖަލުގަ ބަހައްޓަނީ ސިޔާސީ ބޭނުމަށްކަމަށާއި އެކަމަކީ އެމްޑީޕީއިން 2018 ގައިވީ ވައުދާ އަދި އެމްޑީޕީގެ އަސާސްތަކާވެސް ޚިލާފުކަމެއް ކަމަށެވެ.އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަމުގަ ބަހައްޓައިގެން ނުވާނެ ކަމަށާއި އިންތިޚާބުގައި ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެކަމަށެވެ.ރައީސް ޔާމީން މިހާރު ޖަލުގައި ހުންނެވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވުމުންނެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ވަނީ ފަށާފައެވެ.ޖަލު ހުކުމެއްގައި ހުންނެވިނަމަވެސް ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް އެމަނިކުފާނަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.