
އުމުރުން 86 އަހަރުގައި އޭނަ އަހަވާރަވުމާ ގުޅިގެން ސިޔާސީ ދާއިރާގެ ގިނަ ބަޔަކު މިހާރު އަންނަނީ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ. އެގޮތުން އިޓަލީގެ މިހާރުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ހިތާމަ ފާޅުކުރައްވައި، ބަރްލަސްކޯނީ އަކީ އެ ގައުމުގެ ތާރީހު ވެސް ދުށް އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ޝަހުސިއްޔަތު ކަމަށް ވިދާޅުވެފައިވެ އެވެ.ބަރްލުސްކޯނީއަކީ އިޓަލީވިލާތުގައި ބޮޑުވަޒީރު ކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ގެންދަވަނީ ތަޢުޒިޔާ ދަންނަވަމުންނެވެ. އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔޯ މެލޯނީ ވިދާޅުވީ ބަރްލުސްކޯނީއަކީ ގިނަ ކަންކަމާ ކުރިމަތިލައްވައި ކާމިޔާބީ ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައެވެ. އަދި، ބަރްލުސްކޯނީއާ އެކު ޤައުމު ބިނާކުރަން ފެށި މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމުގައެވެ.ބަރްލަސްކޯނީގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.