ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފޯނު ކޯލަކަށްފަހު އަފީފް ޖަލްސާ ނިންމާލައިފި
މަރިޔަމް އަނާ
14 ޖޫން 2023 - 14:05
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ހަލަބޮލިވި ވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ފޯނު ކޯލެއް އައިސް، "އާދެ މަޖިލިސް މި ނިންމާލަނީ" ވިދާޅުވުމަށް ފަހު ޖަލްސާ ނިންމާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކުރަމުން ދަނިކޮށް ގޮތް ނޭނގޭ ފޯނުކޯލަކަށް ޖަވާބު ދެއްވުމަށްފަހު ހަސަން އަފީފު ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމާލާފަ އެވެ.
މެންބަރުން އަޑުގަދަ ކުރަމުން ދަނިކޮށް އަފީފަށް ފޯނު ކޯލެއް ލިބުމުން ރިޔާސަތުގައި އިންނަވައި ފޯނަށް ޖަވާބު ދެއްވާ "އާދެ. ނިންމާލަނީ. ނިންމާލަނީ" ކަމަށް އަފީފް ވިދާޅުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް ޕީޕީއެމް ޕީއެންސީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލުވާލާ ޖަލްސާ ހުއްޓުވާފަ އެވެ.
އަފީފް ވިދާޅުވީ ޖަލްސާ ނިންމާލަން އުޅުއްވި ވަގުތު އޭނާއަށް ލިބިވަޑައިގަތީ މަޖިލީހާ އެއްވެސް ގުޅުމެއް އޮތް ފޯނު ކޯލެއް ނޫން ކަމަށެވެ. އެކަން ފާހަގަކުރައްވަމުން އޭނާ ތަކުރާރުކުރެއްވީ ޖަލްސާ ނިންމާލަން ޖެހުނީ މަޖިލީހުގެ ނިޒާމު ގެއްލިގެން ކަމެވެ.
މަޖިލީހުގައި މިއަދު އެންމެ ގަދައަށް އަޑުގަދަ ކޮށް އިހުތިޖާޖު ކޮށްފައި ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ އެމްޑީޕީ މެންބަރުންނެވެ. އަފީފް އަކީ ވެސް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 އަހަރު ކުރިން
0
އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލައިފި
2 އަހަރު ކުރިން
0
މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ
2 އަހަރު ކުރިން
0
ޕާޓީ ބަދަލުކޮށްފިނަމަ އިސްތިއުފާ ދޭންޖެހޭ ގާނޫނުގެ މާއްދާތަކެއް ބާތިލްކުރަން ހައި ކޯޓަށް
2 އަހަރު ކުރިން
0
ޓޫރިޒަަމްގެ ކަންބޮޑުވުން އިގުތިސާދީ ކޮމިޓީން އަޑުއަހަން ހުށަހަޅައިފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޝަމްއާންގެ މައްޗަށް މިއަދު ހުކުމް ކުރަނީ
3 ގަޑިއިރު ކުރިން
0
އުރީދޫ ބިލް ދެއްކުމާއި އެޑްއޮންސްއާއި ރީޗާޖް ވެސް މިހާރު އޮޓޯޕޭއިން
3 ގަޑިއިރު ކުރިން
0
ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ތާއީދު އިތުރުވާނެ ކަމެއް ނޫން: ފައްޔާޒު
3 ގަޑިއިރު ކުރިން
0
މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި
3 ގަޑިއިރު ކުރިން
0