ޚަބަރު
ފަސް ދުވަސްތެރޭ އުމަރު 2000 ސޮއި ހޯއްދަވައިފި
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: ރިޔާސީ އިންތިހާބު ގައި
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކުރައްވާފައިވާ ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނަމަ 1،500 ސޮއި ހުށައަޅަން ޖެހެއެވެ. އެގޮތަށް ހުށައަޅާ ސޮއި ސައްހަތޯ ކޮމިޝަނުން ޔަގީން ކުރާނެ އެވެ. ކޮމިޝަނުން ބަލައިގަންނާނީ ސައްހަ 1،500 ސޮއި ކަމުން އެ އަދަދު ހަަމަނުވާނަމަ ކެންޑިޑެސީ ބަލައިނުގަންނަނާނެ އެވެ.

އުމަރު މިއަދު ވިދާޅުވީ އިންތިހާބަށް ހުޅުވާލުމާއެކު ސޮއި ހޯދުމުގެ މަސައްކަތް އުމަރުގެ ކެމްޕެއިން ވޮލަންޓިއަރުން ފަށާފައިވާ ކަމަށެވެ. އަދި ފަސް ދުވަސްތެރޭ 2،000 ސޮއި ހޯދާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ކެންޕެއިން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ މި ހުދުވަލުގައި ހިފައި. މިއީ މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުުރުމުގެ ކެންޕެއިނެއް ނޫން. މިއީ މި ގައުމުގެ މިސްރާބު ބަދަލު ކުރުމަށް ކުރާ މަަސައްކަތެއް، ކެމްޕެއިނެއް،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭން އުމަރު ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

އުމަރު ވިދާޅުވީ، އޭނާގެ އަމާޒަކީ ބޮޑެތި މައްސަލަތަކުގެ ތެރެއިން މަސްތުވާ ތަކެތީގެ މައްސަލަ ތަކާއި، ގޭންގު ކުށްތައް ހުއްޓުވައި ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު