
ޔާމީންގެ ރަނިންމޭޓް ކަމަށް އެ މަނިކުފާނު ކަނޑައަޅުއްވާފައިވާ އަދި އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކަން "ހޯރަ" އަށް ކަށަވަރު ކޮށްދެއްވި އެވެ.އިލެކްޝަން ކޮމިޝަނަށް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ މިއަދު ހެނދުނެވެ. ނަމަވެސް ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އެ ކޮމިޝަނުން ހަވީރު ނިންމައި ފޯމު ބަލައި ނުގަތެވެ.އެ މައްސަލަ ސުޕްރީމް ކޯޓަށް ރޭ ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ.އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.