ޚަބަރު
ކެލާ ނިޒާމް އެމްޑީޕީއާ ގުޅިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ކުރީގެ މެމްބަރު އަހުމަދު ނިޒާމް ނުވަތަ ކެލާ ނިޒާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.

އޭނާ މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި މެމްބާޝިޕް ފޯމާ އެ ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ މެމްބަރުކަމާއި ރައްޔިތުން ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ނިޒާމު އެމްޑީޕީއަށް ސޮއިކުރެއްވި އިރު، ނިޒާމާއެކު ކެލާގެ ބައެއް ރައްޔިތުންނާއި, ތިލަދުންމަތީ ބައެއް ޒުވާނުން ވެސް އެމްޑީޕީއަށް ސޮއިކުރި އެވެ.

ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަކުުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެމްޑީޕީން ދަނީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު އެ ޕާޓީއާ ގުޅިފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު