
މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރާ އެކީ ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާ އިރު، ފުރަތަމަ ބުރުގައި އުމުރު ދިޔައީ ހަތަރު ވަނައަށެވެ. އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ. އިންތިހާބުގައި އުމަރު ހޯއްދެވި ނަތީޖާ އަށް ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައިވެ އެވެ.