ޚަބަރު
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް މީހަކު ބޭރަށް ފޮނުވަނީ
ފޮޓޯ: ހެލްތު މިނިސްޓްރީ
ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ފަސް މީހަކު ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމައި, އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ފަސް ފަރާތެއް ފޮނުވުމަން ނިންމާ އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު އެވެ.

މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.

މިއަމާޒަށް ވާސިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ތެލެސީމިއާ އައު ސެންޓަރެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި، އެބިމުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އައު އިމާރާތް ޒާމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިސެންޓަރު ގާއިމުވުމުން ތެލެސީމިއާ ކުދިންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ. މީގެއިތުރުން މިއިމާރާތުގައި ނެޝަނަލް ބްލަޑް ބޭންކްގެ ހިދުމަތް ގާއިމުކޮށް، މި ހިދުމަތްވެސް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރެވުނު މަސައްކަތުގެ އަލީގައި މި ފަހަރު ބޯންމެރޯ ހަދަން ދާ ކުދިންގެ ފަރުވާގެ ކަންކަން ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ. އެގޮތުން ހޮސްޕިޓަލުންދޭ އިރުޝާދުތަކަށް އެއްބާރުލުންދީ, ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް, ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އިލްތިމާސް ކުރެ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވަނީ, ތެލަސީމިއާ އާ ސެންޓަރެއް ގާއިމްުކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ހޯދައި, އެ ބިމުގައި އެމްބީއެސްގެ އާ އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު