ޚަބަރު
ޓްރީޓޮޕްގައި އެއްމާބަނޑު ދެ ކުދިން ދެ ވަގުތެއްގައި ވިއްސައިފި
ޓްރީޓޮޕް ޑޮކްޓަރުންގެ ޓީމް -- ފޮޓޯ: ޓްރީޓޮޕް
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެއްމާބަނޑު ބަލިވެ އިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖާ، އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ކާމިޔާބުކަމާ އެކު ފުރިހަމަ ކޮށްފި އެވެ.

އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް މަދުން ނޫނީ ނުފެންނަ ޕްރޮސީޖަރެއް ކަމުން ޓްރީޓޮޕް ހޮސްޕިޓަލުން މި ކާމިޔާބީ ފާހަގަ ކުރަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ގޮތުގަ އެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ ކޮންމެ ބަލި މީހަކަށް އަދި ހާއްސަކޮއް މާބަނޑުމީހުންނަށް ބަލިވެ އިނުމުގެ ހުރިހާ މަރުހަލާތަކެއް ބެލެހެއްޓުމުގައި ބޭނުންވާ ހާއްސަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލްގެ ކުޅަދާނަ ޑޮކްޓަރުންގެ ޓީމްގެ އެންމެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރަށް ގުޅުއިގެން އަދި މި މެއިލްއަށް އީމެއިލްކޮށްގެން ލިބޭނެ އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވަރަށް މަދު ހާލަތެއްގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ ހާލަތްތައް އަވަހަށް ދެނެގަތުމުގެ ގޮތުން މައިމީހާއަށް ފަރުވާ ފޯރުކޮށްދިނުމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށެވެ.

މި ޕްރޮސީޖާ ކާމިޔާބު ކުރުމަށް ހޮޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ސްވިފްޓް އެމަޖެންސީ ސިޒޭރިއަނެއް ފުރިހަމަ ކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ޕްރޮސީޖާ ނިންމައިލީ ބަލިވެ އިނުމުގެ މަރުހަލާތަކަށް ފަރުވާތެރިކަމާ އެކު ގަވާއިދުން ބަލައިގެން ކަމަށެވެ. އަދި، މިއީ ތަފާތު ރިސްކު އެކުލެވިގެންވާ ޕްރޮސީޖަރެއް ކަމުން މައިމީހާއަށާއި ދަރިފުޅަށް ޑޮކްޓަރުންގެ ޓީމުގެ ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.

ތުއްތު ދަރިފުޅަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގެ ގާބިލު ކުޑަކުދިންގެ ޑޮކްޓަރުންނެވެ. ތުއްތު ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ގެޔަށް ދޫކޮށްލާފައިވަނީ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގައި އެންމެ އެކަށޭނަ ފަރުވާ ދިނުމަށް ފަހުގައެވެ.

 

ކިޔުންތެރިންގެ ޝުއޫރު
63%
19%
13%
6%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު