އަލީ ރާޒީ
29 ޑިސެމްބަރ 2023 - 10:00
0 comments
އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަންކުރާ ޕާޓީ، ޕީއެންސީއާ ބަދަލު ވެފައިވާއިރު، ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތާއިގެން އެމްޑީޕީ ދާނީކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އެމްޑީޕީއާ ވަކިވެ ދިޔަ މަޖްލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތާއިގެން މާތްﷲ ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރި އަށް،" ފައްޔާޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.ރޭ އޮތް ކޮންގްރެސް ޕާޓީގެ ޖަލްސާ އަށް 10 މެންބަރަކު ވަޑައިގެންނެވި އެވެ. އެ މެންބަރުން ވަނީ ޖަލްސާގެ ސްޓޭޖުން އެ މެންބަރުން ޕީއެންސީއާ ގުޅިވަޑަައިގެންނެވި މެންބާޝިޕް ފޯމް ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވާފަ އެވެ. އެ މެންބަރުންނަކީ؛
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
- ކުރެންދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުލްޣަނީ
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
- މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
- މުލަކު ދާއިރާގެ މެންބަރު އަހުމަދު ނަސީރު
- ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާހް
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންތަކެއް ސަރުކާރާއި ގުޅިގެން މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އަދި މަޖިލީހުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރައީސާއި ނާއިބު ރައީސް އަޒުލް ކުރުން ފަސޭހަކޮށް އެމްޑީޕީގެ އެކަނި ވޯޓުން ރައީސާއި ނާއިބު ރައީސް ވަކި ކުރެވޭ ގޮތަށް އޮތް އޮތުން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.