ޚަބަރު
އާޒިމާ އެމްއައިބީން ނެގި ލޯނަކަށް 4 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފި
ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު--
މޯލްޑިވްސް އިސްލާމިކް ބޭންކުން ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ނަގައި، އެ ގަވައިދުން ދައްކަމުން ނުދާތީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރުގެ މައްޗަށް އެ ލޯނު ދައްކަން ހުޅުމާލެ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި ހުކުމް އާޒިމާގެ މައްޗަށް އިއްވާފައިވަނީ އެމްއައިބީ އިން އާޒިމާ އަށް ދޫކޮށްފައިވާ ލޯނަކަށް ގަވައިދުން ފައިސާ ދައްކަމުން ނުދާތީ އެވެ.

އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ އެމްއައިބީ އާއި އާޒިމާއާ ދެމެދު ގާއިމުކޮށްފައިވާ ޑިމިނިޝިން މުޝަރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ބާކީގައިވާ 4،030،856 ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއެކު ޖުމުލަ 4،156،355 ރުފިޔާއަކީ އާޒިމާގެ ފަރާތުން އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށެވެ.

އެއީ މި މައްސަލައިގައި ދައުވާކުރުމުން، ދައުވާ ފޯމާ ހަވާލުވީކަމުގެ ލިޔުން ހުށަހެޅުމަށާއި، ދައުވާގެ ރައްދު ހުށަހަޅަން ދިން ފުރުސަތު މިދިޔަ 29 އޮކްޓޯބަރަށް ހަމަވީއިރު ވެސް ހުށަހަޅައިފައިނުވާތީއެވެ. އެހެންވެ އެމްއައިބީއިން އެދުނީ ޣައިރު ހާޒިރުގައި އެކަމުގައި ހުކުމެއް ކޮށްދިނުމަށެވެ.

މި މަހު 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާގެ މައްޗަށް ސިވިލް ކޯޓުން މިއަދު އެ ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު