
އެ ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ލޯންޗު ހަވާލުކޮށްފައެވެ. އަދި އެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި އެ ހޮސްޕިޓަލުން ވަނީ ސޮއިކޮށްފައެވެ.އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. ދަރުމަވަންދަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީލެވެ.އެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ މި ހިދުމަތް އަވަހަށް މި ފެށީ ވިލިމާލެއިން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކުރުމަށް ކަމަށެވެ. މާލެ އާއި ވިލިމާލެ ބްރިޖް ނިމެމުގެ ކުރިން ވެސް މި ހިދުމަތް ފެށުމަކީ ބަލި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުންނެވެ. ލޯންޗް ބާއްވަން މާލެ ފަޅުން ޖާގައެއް ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.ވިލިމާލޭގެ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި އެ އަވަށުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަށްޓަކައި ހަދަން ޖެހޭ ސާވޭތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް ވަނީ މީޑިއާތަކަށް ވިދާޅުވެފަ އެވެ.