
ފުލުހުން މިއަދު ބުނީ، މުދާ އުފުލާ ބޯޓެއް ފަރަށް އެރި ކަމުގެ ރިޕޯޓު ރޭ ދަންވަރު 01:25 ހާއިރު ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ދަތުރުކުރަމުންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށް އޭރު ފުލުހުން ބުންޏެވެ.އެމްއެންޑީއެފުން ވަނީ، ގެއްލިފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއް ކަމަށް ބުނެފަ އެވެ.ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި ޖުމްލަ 13 މީހުންގެ ތެރެއިން އެކަކު ބިދޭސީއަކު ފަތާފައި ލ. އޮޅުވެއްޔަށް އަރާފައިވާ ކަމަށެވެ. އަދި ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.