ކުރީގެ ނައިބު ރައީސް ފައިސަލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި
އިސްމައިލް ރިޒާ
21 ޖެނުއަރީ 2024 - 16:34
0 comments
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ފައިސަލް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީން ވަކިވެވަޑައިގެން 2008 ވަނަ އަހަރުއެވެ. ޖުމްހޫރީ ޕާޓީގައި އެމަނިކުފާނު ވަނީ 16 އަހަރު ހިދުމަތް ކުރައްވާފައެވެ. ފައިސަލް ވަނީ 2014 ވަނަ އަހަރު ކާށިދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންފަ އެވެ. އަދި 2018 ވަނަ އަހަރު ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ އިއްތިހާދުން އެއް ރިޔާސީ ކެންޑިޑޭޓެކު ނެރުމަށް ނިންމަވައި، ރަނިންމޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީއަށް ދިން ފުރުޞަތުގައި އެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވެ.ރައީސް ސޯލިހްގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެރިކަން ނިމެންދެން ޖުމްހޫރީ ޕާޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގައެވެ. ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާ އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމާ ގުޅިގެން އޭގެފަހުން ޖުމްހޫރީ ޕާޓީގެ އެއްވެސް ކަމެއްގައި ފައިސަލް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޖޭޕީން ވަނީ ފައިސަލް ނަސީމް އެޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު