ޚަބަރު
ވިލިނގިލީ ގައި ޕަޓޫސިސް ޖެހިފައިވާ ތިން ކުދީން
ހޯއްގޮވާ - ޕަޓޫސިސް ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ. މި ބައްޔަކީ ރާއްޖެއިން ކޮންޓްރޯލް ކުރެވިފައިވާ ބައްޔެކެވެ. ނަމަވެސް ބަލީގެ ކޭސް ރާއްޖެއިން ވަރަށް މަދުން ފެނެ އެވެ.

އެ ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެ ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށެވެ. އެހެންކަމުން ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކުދިން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒަކުން ވެކްސިން ޖެހޭނެކަން އެޗްޕީއޭއިން ފާހަގަކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު