ޚަބަރު
ވިލިނގިލީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނަކު ނިޔާވެއްޖެ
ގއ. ވިލިނގިލީގައި އެކްސިޑެންޓުވެގެން ފަރުވާ ދެނިކޮށް، ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދު އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފަ އެވެ. އޭނާ މިއަދު މެންދުރު ނަމާދަށްފަހު ވަނީ ވަޅުލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު