ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަޖިލީހުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތް ހަދަން ބިލެއް ހުށަހަޅައިފި
ހުމާ ނަސީމް
01 މާޗް 2024 - 13:20
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަންޖެހޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.
ރޮޒޭނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ށ. ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ.
އެގޮތުން އެ މާއްދާގެ (ހ) ގެ ދަށުން 33 ޕަސަންޓު ހާއްސަ ކުރަންވާނީ އަންހެނުންނަށް ކަމަށާއި، އެ މާއްދާގެ (ނ) އިން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދާއިރާ ކަނޑައަޅާނީ 71 ވަނަ މާއްދާގެ ހ. ގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް ކަމަށާއި، އަދި އެ އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އެ މާއްދާގެ ހ. ގެ ދަށުން ކަނޑައަޅާ އެންމެހާ ދާއިރާތައް އެ މާއްދާގެ ނ. ގައި ބަޔާންކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިހާބު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެ ތަސްދީގު ކުރެއްވުމުން އެ އިސްލާހާ އެއްގޮތަށް މަޖިލިސް އިންތިޚާބު ބާއްވަން ފަށާނީ 2029 އިން ފެށިގެން ކަމަށެވެ. އެއީ 21 ވަނަ މަޖިލީހެވެ.
އެ ބިލު ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައި ވަނީ މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު އިތުރުކޮށް ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ހިއްސާ ބޮޑުކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮންނަ ގޮތުން ހުރިހާ ދާއިރާއަކަށް ވެސް ދެ ޖިންސުގެ ކެންޑިޑޭޓުންނަށް ވާދަކުރެވެއެވެ. މިގޮތަށް އޮތުމުން ގިނަ ދާއިރާތަކަށް އަންހެނުން ނުހޮވާ ކަމަށް ބުނެ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުން ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކައުންސިލްތަކުގައި ވެސް އަންހެނުންގެ ދައުރު އިތުރު ކުރުމަށް މިހާރު ވަނީ ގާނޫނު އިސްލާހުކޮށް ކޮންމެ ރަށަކުން ވެސް ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
25 ދުވަސް ކުރިން
0
އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް ދެމި ނޯންނާނެ: ރައީސް
1 މަސް ކުރިން
0
ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭ ބިލު ތަސްދީގުކުރައްވައިފި
1 މަސް ކުރިން
0
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސްދޭން މަޖިލީހުން ފާސްކޮށްފި
4 މަސް ކުރިން
0
އަންނަ އަހަރުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
10 ގަޑިއިރު ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
16 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
17 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
19 ގަޑިއިރު ކުރިން
0