ޚަބަރު
ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކޮށްފި
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާ ސަރުކާރާއިއެކު ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫއުއެކެވެ.

ވިލިމާލޭގެ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ފަށަ އެވެ. ވިލިމާލޭ ގައި މިހާރުވެސަް ހޮސްޕިޓަލެއް ހުރެ އެވެ. ނަމަވެސް އެ ތަނުން އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބުމަކީ އެ އަވަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށްވެފައި އޮވެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު