ޚަބަރު
ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ބިދޭސީއަކު ދިވެއްސަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

މި ހާދިސާ ހިނގީ މިއަދި ހުޅުމާލޭގެ ފޭސް އެކެއްގެ ލަންސިމޫ މަގުގަ އެވެ. ފުލުހުން ބުނީ ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަަމަށެވެ. އެ ރިޕޯޓް ލިބުނީ ހަވީރު ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި އަނިޔާވެފައި ވަނީ އެމީހާގެ އަތަށެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެކަމަކު ހަމަލާދިނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ބިދޭސީ މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު