ޚަބަރު
ރޭގެ މާރާމާރީއާ ގުޅިގެން އިތުރު 2 މީހުން ހައްޔަރުކޮށްފި
ރޭ ދަރުބާރުގެ ކައިރީގައި ހިނގި މާރާމާރީއާ ގުޅިގެން އިތުރު ދެ މީހުން މިއަދު ހައްޔަރުކޮށްފި އެވެ.

މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، ރޭ ހިނގި މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.

މާރާމާރީގައި ސަބަބުން އަނިޔާވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު، އޭނަގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު