ޚަބަރު
ސޯމާލިއާ މީހުންނަކީ ބެހިގެން އާދެވުނު ބައެއް: ފުލުހުން
ޑިންގީގައި ތިބި ސޯމާލިއާ މީހުން- ފޮޓޯ: ފުލުހުން
ނ. ވަވައްޗަށް ލެއްގި ޑިންގީގައި ތިބީ ކަނޑުމަތީ ހާލުގައި ޖެހި، ބެހިގެން އައި ބައެއް ކަމަށާއި އެ ޑިންގީގައި ތިބި ތިން މީހުންނަށް ހޮޅުދޫއިން ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވަވަތިއަށް ލެއްގި ޑިންގީގައި ތިބީ ތިން މީހުންނެވެ. ފުލުހުން ވަނީ، އެ މީހުން އެ ރަށުގެ ގޮނޑިއެއްގައި އިށީނދެގެން އިން ފޮޓޯއެއް ވެސް އިއްޔެ އާއްމުކޮށްފަ އެވެ. އެ މީހުން މިހާރު ތިބީ ނ. ހޮޅުދޫގަ އެވެ.

"އިއްޔެ ފެނުނު ސޯމަލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ، އެމީހުން ހޮޅުދޫއަށް ގެންގޮސް ކައުންސިލުގެ އެހީތެރިކަމާ އެކު ވަގުތީގޮތުން އެމީހުންނަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.

އިއްޔެ އެމީހުން ލައްވި ވަވައްޗަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އެ ރަށަށް ލައްވި ތިން މީހުންގެ ފޮޓޯއެއް ފުލުހުން އިއްޔެ އާންމު ކުރި އެވެ. އެ ފޮޓޯއިން އެމީހުންގެ ހާލު އެހާ ގޯސް ނޫންކަން އެނގެ އެވެ. އެ މީހުން ދަތުރުކުރަމުންދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީއަކުންނެވެ.

ރާއްޖޭގެ އިރަށް އޮންނަ ސޯމާލިއާއިން، މީގެ ކުރިން ވެސް މިގޮތަށް ގިނަ ބަޔަކު ބެހިގެންނާއި ކަނޑުފޭރުމުގެ ނިޔަތުގައި ވެސް ރާއްޖޭގެ ސަރަހައްދަށް އައިސްފައިވެ އެވެ. އެގޮތުން، އެންމެ ފަހުން ފެނިފައިވަނީ އއ. އަތޮޅު ބޭރުން ޑިންގީއެއްގައި އޮޔާ ދިޔަ ބަޔެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު