ޚަބަރު
މާފުށިން 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފި
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" މާލެ އަތޮޅު މާފުށީގައި ހިންގައި އެރަށުން 800 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި އެވެ. މާފުއްޓަކީ މި ޕްރޮގްރާމްގެދަށުން މައުލޫމާތު އެއްކުރާ ދެވަނަ ރަށެކެވެ.

ހޯމް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، މިހާތަނަށް 805 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށްފައިވާ ކަމަށެވެ. 

ހޯމް މިނިސްޓަރު އަލީ އިޙުސާން މީގެކުރިން ހާމަކޮށްފައިވާގޮތުގައި، މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުމެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުން ނޫން ކަމަށާއި، ގަވައިދާ އެއްގޮތަށް ހުއްދަ ދެވެން ތިބި މީހުންނަށް ހުއްދަ ދިނުން ކަމަށް ވެސް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު