ޓެކްސް ކޮމިޝަނަރުކަމަށް ޒަރީރު އައްޔަންކުރައްވައިފި
ހަސަން ހަލީމް
23 މެއި 2024 - 13:05
0 comments
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޓޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރެއްވުމުގެ ތެރެއިން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ހެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޙަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހުގެ13 ވަނަ ދުވަހު އެވެ. ރައީސް މުހައްމަދު މުއިއްޒު މިއަދު ވަނީ ޒަރީރު މަގާމަށް އައްޔަނު ކުރައްވައިފަ އެވެ.ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.މިދިޔަ މާޗު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރުމާ ހަމައަށް ބީއެމްއެލްގެ ޗެއާގެ މަގާމުގައި ހުންނެވި އެވެ. މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ. އޭނާ ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިން ބެޗެލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފައެވެ.މީގެ އިތުރުން އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އަދި އޮސްޓްރޭލިއާގެ ސެޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ވެސް އޭނާ ވަނީ ހާސިލް ކުރައްވައިފަ އެވެ.ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ޝުއޫރު