ޚަބަރު
ބީއެމްއެލްގެ ޗެއާޕާސަން ކަމުން ޒަރީރު އިސްތިއުފާ ދެއްވައިފި
ބީއެމްއެލް ބޯޑުގެ ޗެއާޕަސަން ހަސަން ޒަރީރު. --
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުން ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ބީއެމްއެލް އިން ބުނީ، ބީއެމްއެލްގައި ޒަރީރު ދެއްކެވި ހަރުދަނާ ލީޑަޝިޕަށާއި ދެއްވި އަގުހުރި ލަފަޔާއި އިރުޝާދަށް ޝުކުރު ދަންނަވާ ކަމަށާއި ކުރިމަގުގައި ކާމިޔާބަށް އެދޭ ކަމަށެވެ.

ޒަރީރު ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައި ވަނީ މާޗް 25، 2024 ގަ އެވެ.

ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާ އެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.

އެ ބޭންކުންވަނީ ބީއެމްއެލްގައި ޒަރީރު ދެއްކެވި ހަރުދަނާ ލީޑާޝިޕަށާއި ދެއްވި އަގުހުރި ލަފަޔާއި އިރުޝާދަށް ޝުކުރު ދަންނަވައި، ކާމިޔާބަށް އެދިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު