ވިޔަފާރި
އީދު ބަންދުގެ ތެރެއިން ޖޫން 18، ގައި ބީއެމްއެލް ހުޅުވާނެ
ކުރިއަށް އޮތް ބޮޑު ޢީދާ ގުޅިގެން ކު ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ހުޅުވުމަށް ހަމަޖެހިފައި މި މަހުގެ 18 ގައި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އެމްއެމްއޭއިން އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، އަޟްހާ އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބީއެމްއެލް ހުޅުވަން ހަމަޖެހިފައިވަނީ ޖޫން 18، ގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އީދު ބަންދު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނީ އެދެނީ އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތްތައް ހޯދުމަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު