ވިޔަފާރި
ޑޮލަރު ޖަމާކުރަން ހާއްސަ އޭޓީއެމްއެއް ބީއެމްއެލްގެ މައި އޮފީހުގައި ބަހައްޓައިފި
ބީއެމްއެލް އިން ބެހެއްޓި ޑޮލަރު ޖަމާކުރާ މެޝިން - ފޮޓޯ/ބީއެމްއެލް
ޑޮލަރު ޖަމާކުރަން ހާއްސަ ޑޮލަރު އޭޓީއެމްއެއް ބީއެމްއެލްގެ މައި އޮފީހުގައި ބަހައްޓައިފި އެވެ. 

ބީއެމްއެލުން ބުނީ އެ ބޭންކުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހަމައެކަނި ޑޮލަރު ޖަމާކުރެވޭ އޭޓީއެމްއެއް ބޭންކުގެ މެއިން ބްރާންޗްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ބަހައްޓާފައިވާ ކަމަށެވެ.

މި އޭޓީއެމް އާއެކު ކަސްޓަމަރުންނަށް ޑޮލަރު ޖަމާކުރަން ބޭންކު ބްރާންޗްގެ ކިޔުގައި ނުޖެހި ޑޮލަރު ޖަމާކުރުމަށް ފަސޭހަވާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

"މިއާއެކު ކަސްޓަމަރުންނަށް ފަސޭހައިން ޑޮލަރު ޖަމާކުރެވޭނެ. މިއާއެކު ޑޮލަރު ޖަމާކުރަން ބޭނުންވާ ކަސްޓަމަރުންނަށް ކިޔުގައި މަޑުކުރުމުގެ ބަދަލުގައި ފަސޭހަކަމާއެކު ޑޮލަރު ޖަމާކުރަން ލިބޭ މިއީ ފުރުސަތެއް،" ބީއެމްއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުމާލެ އާއި މާލޭގެ އިތުރުން ހުޅުލޭގައި ބަހައްޓާފައި ހުރެ އެވެ. މި އޭޓީއެމްތަކުން ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބެ އެވެ.

ޑޮލަރު މުއާމަލާތްތަކަށް ހާއްސަ ބީއެމްއެލްގެ އޭޓީއެމް މާލޭގައި ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރު ކައިރީ މަޖީދީ މަގުގައި ހުންނަ، ހ. ކްލައުޑްގަ އެވެ. 

ރާއްޖޭގެ އެންމެ ގިނަ ޑޮލަރު ރޯލްކުރާ އެއް ރަށް ކަމަށްވާ މާފުށީ ބީއެމްއެލް ބްރާންޗުން ޑޮލަރު ޖަމާ ކުރުމާއި ނެގުމުގެ ހިދުމަތާ ވެސް އިއްޔެ ވަނީ ފަށައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު