ވިޔަފާރި
މޭ މަހުގެ އާމްދަނީއަށް ދަށްވުމެއް
ފާއިތުވި އަހަރުގެ މޭ މަހާ އަޅާބަލާއިރު މި އަހަރުގެ މޭ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ދަށްވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމުކުރި ހިސާބުތަކުން ދައްކައިފި އެވެ. 

މީރާއިން މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ މެއިމަހު ލިބުނީ 1.66 ބިލިޔަން ރުފިޔާ ރުފިޔާ އެެވެ. މިދިޔަ އަހަރުގެ މެއިމަހު މީރާއަށް 1.74 ބިލިޔަން ރުފިޔާ ލިބުނެވެ. 

އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީޖީއެސްޓީ، އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ 1.10 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 149.35 މިލިއަން ރުފިޔާ އެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 96.55 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 25.85 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން ޑޮލަރު ހިމެނެ އެވެ.

ދައުލަތުގެ އާމްދަނީ މޭ މަހުގައި ފާއިތުވި އަހަރަށްވުރެ ދަށްވި ނަމަވެސް ޖަނަވަރީ އެއްވަނަ ދުވަހުން މޭ މަހުގެ ނިޔަލަށް ލިބުނު އާމްދަނީވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. 



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު