ޚަބަރު
ދިޔަނެރު ފަރަށް އެެރި ބޯޓް 20 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި
ދިޔަނެރު ފަޅު
ޓަގު އޭއެމް އެޑްވޭ އަދި އެ ޓަގާއެކު ރާއްޖެ އައި ބާޖު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކ. ދިޔަނެރު ފަރަށް އެރި މައްސަލަ ބެލުމަށްފަހު އެ ބޯޓް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ކުރި ސާވޭއިން ޓަގު އެރި ސަރަހައްދުގެ ތެރެއިން 804 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަން އެނގުނު ކަމަށް އީޕީއޭއިން ބުނެ އެވެ. އީޕީއޭ އިން ބުނީ އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާކަމަށެވެ. ބާޖު ފަރަށް އަރައިގެން އެއްވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް އީޕީއޭ އިން ބުނެ އެވެ.  

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގެޒެޓުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާއިދުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ 20,246,600 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ދައްކައި ހަލާސްކުރުމަށް ދީފައި ވަނީ 30 ދުވަހުގެ މުއްދަތެކެވެ.  

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މި އުޅަނދުތައް އެ ފަރުމަތިން ނަގާފައި ވާއިރު ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު 28 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ވަނީ ހަދައިފަ އެވެ.

މާލެއާ ވަރަށް ކައިރީގައި އޮންނަ މި ފަޅަކީ ސަފާރީތައް ބަނދަރު ކުރުމަށް ތަރައްގީ ކުރަން ކުރިން ޕްލޭން ކުރި ތަނެކެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު