ޚަބަރު
އަމީރުލްހައްޖަކީ މިނިސްޓަރު އިސްމާއީލް
މި އަހަރުގެ އަމީރުލް ހައްޖު އަދި މިނިސްޓަރު ޑރ. މުހައްމަދު ޝަފީއު
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކަށް ހަމަޖެއްސެވި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ހައްޖަށް ފުރާވަޑައިގެންފި އެވެ.

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ. ޝަފީއު ވަނީ އެކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު އިސްލާމިކް މިނިސްޓްރީގެ މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި ދިވެހިންނަށް، ސައުދީގައި ތިބި ދިވެހިން ހައްޖުވެރިންގެ ހާލަތުގެ އާދަހަމަ ގެނެސްދެއްވަމުން ގެންދަވާނެ ކަމަށެވެ.

އެ ގޮތުން ފުރަތަމަ ދެއްވި އަދާހަމައިގެ މައުލޫމާތުގައި ވިދާޅުވީ ދިވެހި ހުރިހާ ހައްޖުވެރިން ވެސް ހާލު ރަނގަޅު ކަމަށާއި އިންތިޒާމުތައް ވަރަށް ފުރިހަމަކޮށް ހަމަޖެއްސިފައިވާ ކަމަށެވެ.

"ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު، ވަރަށް އޮމާންކޮށް ހުރިހާ އިންތިޒާމެއް ވެސް މިކޮޅުގައި ހަމަޖެހިފައި ހުރީ،" އަމީރުލް ހައްޖު ވިދާޅުވި އެވެ.

ސައުދީން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. ނަމަވެސް ދިވެހި ސަރުކާރުން ކުރި މަސައްކަތުން އިތުރު ޖާގަ ހޯދައި 1150 ހައްޖުވެރިން ވަނީ ހައްޖަށް ފުރައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 50 ހައްޖުވެރިން ގޮސްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު