ޚަބަރު
މާލޭގައިހުރި ސީއެޗްއެސްސީގެ އިމާރާތުގައި ކިޔަވައިދޭން ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭ ސީއެޗްއެސްސީގައި އަލުން ކިޔަވައިދޭން ފަށައިފި އެވެ.  

މާލޭގައި ހުރި ސީއެޗްއެސްއީގައި ކިޔަވައިދިނުން ހުއްޓައިލައި، އެ ތަން ބަންދުކުރީ ހުޅުމާލޭގައި ސީއެޗްއެސްއީގެ އާ އިމާރާތެއް ހުޅުވަމަށްފަހު، އެ ތަނަށް ކިޔެވުން ބަދަލުކުރުމާއެކުގަ އެވެ.

ނަމަވެސް މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވި އެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްސީއަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ހާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު