ޚަބަރު
ސްކޮލާޝިޕް މަޝްރޫއަށް ޖަޕާނުން 1.2 މިލިޔަން ޑޮލަރުގެ ހިލޭ އެހީ
ޖަޕާނު ސަރުކާރުން ދޭ ސްކޯލާޝިޕްގެ މަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން އެ ގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.


ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕްގެ ދަށުން މި އަހަރަށް ދޭން ހަމަޖައްސާފައިވާ ހަ ސްކޮލާޝިޕްގެ ފުރުސަތު ދިނުމާއެކު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ވަނީ ސޮއި ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއި ކުރެއްވީ ޖަޕާން ސަފީރެވެ.

ޖަޕާނުން 2020 އިން ފެށިގެން ދޭ މި އެހީގައި ޖަޕާނުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.  

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ފޮރިން މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޖަޕާނުގެ ސްކޮލަޝިޕާ ގުޅޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓަރީގެ ރަސްމީ ވެބްސައިޓުންނާއި އެ މިނިސްޓަރީގެ ހޮޓްލައިން ނަންބަރާ ގުޅުމުން ލިބޭނެ ކަމަށް އެ މިނިސްޓަރީން މީގެ ކުރިން ވަނީ މައުލޫމާތު ދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު