ޚަބަރު
އުމުރުން 75 ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު
ދިވެހި ދަޢުލަތުގެ ވަޒީފާތަކުން މުސްކުޅި ކުރެވިފައިވާ ފަރާތްތަކާއި އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ ފަރާތްތަކަށް، އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހި ކޮއްދިނުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ވަޒީފާއިން މުސްކުޅިކޮށްފައިވާ އަދި މުސްކުޅިކުރާނޭ ފަރާތްތަކުގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް ނުވަތަ ވަޒީފާއަށް އެނބުރިއައުމަށް އެދޭ މީހުންނަށް، އެ މީހުންގެ އުމުރުން 75 އަހަރުވުމާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން، ދަޢުލަތުގެ އެކި އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީ އޮފް ހަޔާރ އޭޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑީވެލޮޕްމަންޓްއިން ކުރިއަށް ގެންދަން ފަށާފަ އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، ދައުލަތުގެ އެކި އިދާރާތަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާއި، މިނިވަން މުއައްސަސާތައް ހިމެނޭހެން މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގެ މަގުސަދަކީ، އެ އިދާރާތަކުގައި ވަޒީފައިން މުސްކުޅިކުރެވޭ ނުވަތަ ވަޒީފާގައި ދެމިހުރެވޭ އެންމެ ދޮށީ އުމުރާ ގުޅޭގޮތުން އެ އިދާރާތަށް އަމަލުކުރަމުންގެންދާ ގަވާއިދުތަކާއި އުސޫލުތަކުގެ މައުލޫޠު ހޯދާ، މިހާރު މިނިސްޓްރީއިން ޑްރާފް ކުރެވިފައިވާ ބިލުގެ ފުރަތަމަ ޑްރާފްޓާއި މެދު އެ އިދާރާތަކުން ދެކޭގޮތް ހޯދުމެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެދިލެއްވުމާ އެއްގޮތަށް ކުރިއަށް އޮތް މަސްދުވަހެއްގެ ތެރޭގައި މި ބިލް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު