ޚަބަރު
ހިޔާގެ އެޕާޓްމަންޓަށް ގެންގޮސް ފޭރޭ ގްރޫޕްގެ ވަނަވަރު އާއްމުކޮށްފި
ހިޔާ ފްލެޓަކަށް އޮޅުވާލައިގެން މީހުން ގެންގޮސް އެ މީހުން ބަރަހަނާކޮށް ބްލެކްމެއިލްކޮށްގެން ފައިސާ އާއި އެހެން ވެސް އަގުބޮޑެތި ތަކެތި ހޯދަމުން ދިޔަ ރިންގުގައި ހިމެނެނީ ހަތް މީހުންގެ ގުރޫޕަކުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން މިއަދު ވަނީ އެ ހަތް މީހުންގެ ވަނަވަރު ފޮޓޯއާ އެކު އާންމުކޮށްފަ އެވެ. 

އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ؛

- މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ، 24

- ދަފްތަރު ނަމްބަރު 1835، އާއާޔަތު އައްބާސް، 30

- ގއ. ދާންދޫ، ޕެލަސް ހައުސް، މުހައްމަދު އާދަމް، 43

- ގ. ކަނދުމާގެއާގެ، ސަމާހް އަލީ، 31

- ދ. ކުޑަހުވަދޫ، ސަންފްލާވާ، މުހައްމަދު މުނީރު، 35

- ނ. ވެލިދޫ، ހިފާޒު، އަހުމަދު މާޖިދު، 33

އޭގެ އިތުރުން އޭޕްރީލް 22 ވަނަ ދުވަހު އެ އެޕާޓްމަންޓަށް އޮޅުވާލައިގެން މީހަކު ގެންގޮސް ބަރަހަނާކޮށް ބްލެކްމެއިލް ކުރި މައްސަލައަކާ ގުޅިގެން މއ. ސީނަރީވިއު، އަހުމަދު މަދީހު، 34، ހައްޔަރުކޮށްފައިވެ އެވެ. ފަނަރަ ދުވަހަށް ބަންދުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އެ އެންމެންނަކީ ވެސް ތަފާތު ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ.

ފުލުހުންނަށް ރިޕޯޓުކުރި ފަސް މައްސަލައިގައި އިސްކޮށް އުޅެނީ ހުމެއިނާ އަދި އާމިނަތު އައްބާސް އެވެ. އެކަމަކު، ހުމައިނާއަކީ މާބަނޑު އަންހެނަކަށް ވާތީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށެވެ. ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.

އެ މައްސަލައިގައި އިތުރު ބަޔަކަށް ތުހުމަތުކުރާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހުޅުމާލެ 2 ގެ ޕޮލިސް ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު