ޚަބަރު
ކުޑަހުވަދޫ ރައީސްގެ ގޮނޑި ކޮންގްރެސްއަށް،، ގަމު ގޮނޑި އެމްޑީޕީއަށް
ތިން ރަށެއްގައި އިއްޔެ ބޭއްވި ބައި އިލެކްޝަންތައް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެއް އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކު ކާމިޔާބު ކޮށްފި އެވެ.

އެގޮތުން ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން ކޮންގްރެސްގެ ކެންޑިޑޭޓް ޖާދުﷲ ހަމީދު ކާމިޔާބުކޮށްފައިވަނީ 200 އެއްހައި ވޯޓުގެ ތަފާތުންނެވެ. މ. މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ ބައި-އިލެކްޝަން އެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލި، ރީމާ ހުސެއިން ވަނީ ކާމިޔާބުކޮށްފަ އެވެ. ލ. ގަމު ކައުންސިލްގެ މެންބަރު ކަމުގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަފްސަލް ޖައުފަރު އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޖުމްލަ 13 ފޮއްޓެއް ވޯޓުލުމަށް ބަހައްޓާފައިވާ މި ބައި-އިލެކްޝަންތަކުގައި 7401 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު