ޚަބަރު
މަސްވެރިންގެ ފައިސާ ދެއްކުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި
މަސްވެރިންނަށް ފައިސާ ނުދީ ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯއަށްް މަސްކިރުވުމަށްފަހު ފައިސާ ނުދީގެން މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. 

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންގެ އަތުން ސަރުކާރުން މަސް ގަނެފައި ފައިސާ ނުދައްކައިފިނަމަ އެއީ ގޯހެއް ކަމަށާއި އެކަމުގައި ދެއްކޭނެ ބަހަނާއެއް ނެތް ކަމަށެވެ.

ބަޔަކު އަތުން އެއްޗެއް ގަނެފިނަމަ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބުކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ފައިސާ ދިނުމަކީ އެއްޗެއް ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އައްޑޫ މަސްވެެރިންނާއި އެހެނިހެން މަސްވެރިން އަތުން ގަނެފައިވާ މަހަށް ނުދައްކާހުރި ފައިސާ ދައްކާ ހަލާސް ކުރުމަށްސަރުކާރަށް ގޮވާލަން،" ޝާހިދު ވިދާޅުވި އެވެ.

އައްޑޫގެ މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމެވެ.

މިދިޔަ ހަފުތާގައި ފާހަގަކުރި އަޟްހާ އީދަށް ބަންދުވުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ދޫކޮށްފަ އެވެ.

މިފްކޯ އިން ބުނީ، ފައިސާ ހަމަޖެއްސުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސުލްހަވެރިކަމާ އެކު މަސްވެރިން އިހުތިޖާރު ކުރުމަށާއި އެ ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ދަތިވާނެ ގޮތަކަށް ކަންކަން ނުކުރުމަށް އެދިފައިވާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު