ކުޅިވަރު
ފީފާ އިން ބައްސާމް ނުވަ މަހަށް ސަސްޕެންޑްކޮށްފި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: ފީފާއިން ވަނީ ބައްސާމު 9 މަސް ދުވަހަށް ސަސްޕެންޑްކޮށްފައި
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން ނިންމައިފި އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލައި، ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. 

ފީފާ އިން ބުނީ ބައްސާމްގެ މި ސަސްޕެންޝަންގެ ދުވަސް ގުނަން ފަށާފައިވާކަން އޭނާ އަށް މިއަދު އަންގާފައިވާނެ ކަމަށެވެ.  ބައްސާމް ސަސްޕެންޑްކޮށްފައި ވަނީ 9 މަސް ދުވަހަށް ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭގޮތަށެވެ.

ބައްސާމްގެ މައްޗަށް، ޕީޖީ އޮފީހުން އުފުލީ ހިޔާނާތާއި ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.

އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުގައި ވެސް ހުންނެވި، ބައްސާމް ސަސްޕެންޑް ކުރުމުން އެ މަގާމުގެ ހައިސިއްޔަތު ވެސް އޭނާ އަށް ތަމްސީލު ނުކުރެވޭނެ އެވެ.

ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވުން މަނާ ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު